ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ޘަޤާފީ ގްރޫފް

                           މިއީ ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 (ތޭވީސް) ވަނަ މާއްދާގެ (ހ) 15 ގައިވާ އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމުގެ ބޭނުމުގައި، ޘަޤާފީ ކުޅިވަރު ކުޅުމަށް އުފެއްދޭ   ގުރޫޕެކެވެ.  މި ގުރޫޕް އެކުލަވާލަންވާނީ މިންތީގެ ހަމަހަމަކަމަށް އިސްކަންދީގެން ގިނަވެގެން ކޮންމެ ޖިންސަކުން 10 ބައިވެރިން ހިމެނޭގޮތަށް ޖުމްލަ 20 ބައިވެރިންގެ މައްޗަށެވެ.  

                      މި ގުރޫޕުން ހިންގާނެ ހަރަކާތްތަކަކީ ޘަޤާފީ ގޮތުން ރާއްޖޭގައާއި މި ރަށުގައި ހިންގަމުން ގެންދިޔަ ނެށުންތަކާއި ހަރަކާތްތައް ފަރިތަކުރުން، ކުރެންދޫ ކައުންސިލުން އެދިގެން އެކި އެކި ރަސްމިއްޔާތާއި، އިޙްތިފާލުތަކުގައި ބައިވެރިވެ ހަރަކާތް ހިންގާދިނުން އަދި ރިސޯޓްތަކާއި އެހެނިހެން ހަފްލާތަކުގައި ރަށް ތަމްސީލްކުރުމެވެ.

 

                        ވީމާ، މި ގުރޫޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 8 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިން، ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ޅ. ކުރެންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

                         ޕްރޮގްރާމުގައި ބައިވެރި ވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

                      އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ސްޕޯޓްސް ކައުންސެލަރ ދުންޔާ ހުސައިން، ފޯން 7676077 އާއި ގުޅުއްވާއިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                          މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

16 ޖުލައި 2024
ހޯދާ