ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައިޒާންތަކާއި މަގުތަކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުމަށް އެންގުން

އިޢުލާން

            ތިނަދޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި މައިޒާންތަކާއި މަގުތަކަށް ކޮންމެވެސް ވަރަކަށް ޤަސްތުގައި ކުނި އަޅަމުންދާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. މިއީ މަދުބައެއްގެ ފަރާތުން ހިގާ ކަމެއް ކަމުގައި ފާހަނގަވިޔަސް މިގޮތަށް އަޅާ ކުނީގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވުމުގެ އިތުރުން ރަށުގެ ޤުދުރަތީ ރީތިކަމާއި، ހިތްފަސޭހަކަމަށް ހިޔަނި އެޅެމުންދާކަން ވެސް ފާހަގަ ކުރެވެއެވެ. އަދި، މިކަން ހައްލުކުރުމަށް ކައުންސިލުން އެކިފަހަރު މަތިން އިއުލާން ކުރެވިފައި ވީނަމަވެސް މިއަދާއި ހަމަޔަށްވެސް މިކަމަށް އެދެވިގެންވާ އެއްބާރުލުން ލިބިފައިނުވެއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އަންނަނީ ތަކުރާރުކޮށް މިއިދާރާއަށް ލިބެމުންނެވެ. އެހެންކަމުން ތިނަދޫ ސިޓީގެ އެކިއެކި ސަރަހައްދުތަކުގައި ހުރި މައިޒާންތަކާއި މަގުތަކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުމަށް ތަކުރާރުކޮށް އަންގަމެވެ. އަދި މިފަދަ އަމަލެއް ކުރަމުންދާތަން ފެނިއްޖެނަމަ ލަސްނުކޮށް ކައުންސިލުގެ ހޮޓްލައިން 7391718 ނަންބަރަށް މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.

            ޤާނޫނު ނަންބަރ 93/4  ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ތަނަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި ދަންނަވަމެވެ، ޤާނޫނު ނަންބަރ 11/2010 ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާގެ ދަށުން މިފަދަކުށްތައް ކުރަމުން އަންނަ ފަރާތްތައް ފާހަގަ ކުރުމަށްފަހު އެފަރާތްތަކާއި މެދު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަވެސް ހަނދުމަކޮށްދެމެވެ.

16 ޖުލައި 2024
ހޯދާ