ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިކަމުގެ ޚިދުމަތް 'ވަންގަވް' މެދުވެރިކޮށް ދިނުން

ރަށްވެހިކަމުގެ ޚިދުމަތް 'ވަންގަވް' މެދުވެރިކޮށް ދިނުން

     ސަރުކާރުންދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ޕްލެޓްފޯމް "ވަންގަވް" މެދުވެރިކޮށް މިއިދާރާގެ ވައިޓަލް ރަޖިސްޓްރޭޝަން ސެކްޝަނުން ދެމުންއައި ބައެއް ޚިދުމަތްތައް ދިނުމަށް މިހާރު ވަނީ ފަށާފައެވެ. 

އެހެންކަމުން މި އިދާރާއިން ދެމުން ގެންދިޔަ ރަށްވެހިކަމާއި ގުޅުން ހުރި ތިރީގައިވާ ޚިދުމަތްތައް 17 ޖުލައި 2024 އިން ފެށިގެން ރަސްމީކޮށް ދެމުންގެންދާނީ"ވަންގަވް" ޕޯޓަލް މެދުވެރިކޮށްކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

1

އުފަންވުން ރަޖިސްޓްރީކޮށް އުފަންދުވަހުގެ ސެޓްފިކެޓް، އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުން

Birth certificate registration

2

ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނުން

Registration of residence in Fuvahmulah city

3

ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކަމުގެ ލިޔުން ހޯދުން

Proof of residency request

4

ފުވައްމުލައް ސިޓީ ރަށްވެއްސަކަށްވުމަށް އެދުން

Local Residency registration

5

މަރުފޯމު / ނިޔާވިކަމުގެ ލިޔުން ހޯދުން

Death certificate request

 

           10 ޛުލްޙިއްޖާ 1446 

            16 ޖުލައި 2024

16 ޖުލައި 2024
ހޯދާ