މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާ ފުޓްސަލް މުބާރާތުގެ ރެފްރީންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން (ދެވަނަފަހަރު)

އިޢުލާނު

ތުޅާ ފުޓްސަލް މުބާރާތުގެ ރެފްރީންގެ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް)

މި ކައުންސިލްގެ ފަރާތުން 2024 ޖުލައި 26 ން އޮގަސްޓް 05 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތުޅާ ފުޓްސަލް މުބާރާތުގެ ރެފްރީންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް 14 ޖުލައި 2024 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާނު ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

 

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ތުޅާ ފުޓްސަލް މުބާރާތުގެ ރެފްރީންގެ ހުރުމާއި ކެއުން" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކެއުން ނުވަތަ ހުރުމަށް އެކަނި އަގު ހުށަހަޅަން ބޭނުންވާނަމަ އެ ފުރުޞަތު އޮތް ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި އެކު އަގުބަލާ ފޯމް އެއްހީރަސް ކުރެވިފައި ވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

16 ޖުލައި 2024
ހޯދާ