ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު(ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

މި ސްކޫލްގެ ނަމްބަރު  GS-65-B/IUL/2024/007 (09 ޖުލައި 2024) އިއުލާނަށް ނަން ނޯޓްކުރުމަށް ދެވުނު ސުންގަޑީގެ ތެރޭގައި  މި މަސައްކަތަށް ރަޖިސްޓްރީކުރުމަށް ނަން ނޯޓްކޮށްފައިވަނީ 1 (އެކެއް) ފަރާތުން ކަމަށްވާތީ، މި  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

  1. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޖުލައި 16 ން 2024 22 ޖުލައި 2024 14:00 ގެނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. ލިންކު: Replacing to Aluminum Doors Work - Registration
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖުލައި 23 ގެ ނިޔަލަށް މި އިޢުލާންގެ 6 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖުލައި 24 ވަނަ ދުވަހުގެ 9:00 ގައި ވިލުފުށީ ސްކޫލްގެ އޮފީހުގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633

އީ-މެއިލް:[email protected]

16 ޖުލައި 2024
ހޯދާ