މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ޖުލައިމަހު ބާއްވާ ބައްދަލުވުމުގެ ދައުވަތު

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 މާއްދާގައި ބަޔާންކުރާ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ޖުލައިމަހު ބާއްވަންޖެހޭ ބައްދަލުވުން 26 ޖުލައި 2024 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ކިހާދޫ ސްކޫލުގައި އޮންނާނެއެވެ.

 

މި ބައްދަލުވުމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން

1 . 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް ހުށައެޅުން.

2 . ކައުންސިލުން 2024 ވަނަ އަހަރު ކުރިޔަށް ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރުން.

3 . ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން.

 

ވީމާ އެންމެހާ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އަރުވަމެވެ.

އަދި ދަންނަވަމެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް އާއްމުކޮށް ފެންނާނެހެން ކައުންސިލްގެ ކޮމިއުނިޓީ ވައިބާ ގުރޫޕްގައާއި ކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައިހުރި ވާހަކަ ދެންނެވީމެވެ.

                  މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ޖުލައި 2024
ހޯދާ