ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ކައުންސިލް އެސިސްޓެންޓް މަޤާމަށް މީހުން ހޯދުން

ނަންބަރު: (IUL)385/385/2024/22

އިޢުލާން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ކައުންސިލް އެސިސްޓެންޓް މަޤާމަށް މީހުން ހޯދުން.


 

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-380665

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

     

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން/ޔުނިޓް

ޕްލޭނިންގް އެންޑް އެކޮނޮމިކް ޑެވެލޮޕްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ / ތ.ދިޔަމިގިލި  

މުސާރަ:

-/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000 (އެއްހާސް ރުފިޔާ)                    

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 1,200.00 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސ: މުސާރައިގެ %35
  • ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ
  • ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ކައުންސިލްގެ އިދާރާގައި ހުންނަ އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެޕްލަޔަންސްތައް ސާފުކުރުމާއި، މެއިންޓެއިން ކުރުމުގައި އެހީތެރިވެދިނުން.
  • ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އަމަލީ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  • ކައުންސިލުން ފޯރުކޮށްދޭ އެންމެހައި ރައްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން.
  • ކައުންސިލްގެ އެންމެހައި ބިންތަކައި އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމާއި، މަގުކޮނުމާއި، މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  • ކައުންސިލުން ރާވާ ހިންގާ އެންމެހައި ބައްދަލުވުންތަކާއި، ޕްރޮގްރާމްތަކާއި، އިވެންޓްތައް ބޭއްވުމަށް  ކުރަންޖެހޭ އެންމެހައި   ތައްޔާރީތައްކުރުން. 
  • ކައުންސިލްއިދާރާގެ ބެލުމުގެދަށުގައިވާ ބިންތަކާއި އިމާރާތްތަކުގައި ގަސް އިންދާ ހެއްދުމާއި ގަސްތަކަށް ފެންދިނުން އަދި ގަސްތައް ކޮށާ ބެލެހެއްޓުން.
  • ބަނދަރު ސަރަހައްދު ބެލެހެއްޓުމާއި ބަނދަރުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމާއި، ބަނދަރުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުން
  • ރަށުގެ މަގުތައް މަރާމަތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ރައްޔިތުންގެ ބޯފެންތާނގީތަކަށް ވާރޭފެން ނެގުމަށްޓަކައި ފުރާޅުތައް ސާފުކޮށް ވާރޭފެން ނަގައި ރައްކާތެރިކަމާއެކު ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ގުދުރަތީގޮތުން ދިމާވާ ކާރިސާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ކައުންސިލްގެ ކުނިމޭނޭޖް ކުރުމުގެ ޕްރޮގްރާމްގައި ކައުންސިލުން ކަނޑައަޅާއި އަންގާ މަސައްކަތްތައް ކުރުން.
  • ރަށުގެ އެކި ސަރަހައްދުތަކުގައި ގަސްއިންދާ ހެއްދުމާއި ގަސްކޮށުމުގެ މަސައްކަތް
  • ކައުންސިލް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ ތެރެއިން ވަކި މުވައްޒަފަކު ނެތުމުގެ ސަބަބުން، ކުރުމަށް ރަށު ކައުންސިލުގެ އިސްވެރިޔަކު ހަވާލުކުރައްވާ މަޤާމާއި އެކަށީގެންވާ ރަސްމީ މަސައްކަތްތައް ކުރުން.
  • ކައުންސިލުން ހިންގާ ވިޔަފާރީގެ މަޝްރޫއުތަކުގައި ކުރާ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން
  • ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ޤަވާއިދާއި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން.

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާޜާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  1. ސްކްރީނިންގް މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފޮޅާ ސާފުކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ބެލޭނެ ބައިތައް

ޕޮއިންޓް

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަމްރީން

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން،  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް   ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަރވިއު / ޕްރެކްޓިކަލްއިންތިހާނު އޮންނާނެ މުއްދަތާއި ތަން :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޓިކަލް އިމްތިޙާނު އޮންނާނީ 05 އޮގަސްޓް 2024 އާއި 12 އޮގަސްޓް 2024 އާއި ދެމެދު، ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އަދި އިދާރާގެ ފޭސްބުކް ޕޭޖް އަދި ވައިބަރ ގުރޫޕް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780004 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

 

 

10 މުޙައްރަމް 1446ހ

16 ޖުލައި 2024
ހޯދާ