މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު ހިނަވާގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ނ.ކެނދިކުޅުދޫ /ކެނދިކޮޅު އަވަށު ހިނަވާގޭގެ މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. މައްޔިތާ ހިނަވާއިރު ތަޅުމަށް އެޅޭފެންތައް ބޭރު ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާޢިމްކޮށްދިނުން.
  2. - އަތްދޮންނަ ތަށި ބަދަލު ކުރުން . (ކައުންސިލުން ދައްކާތަނަކަށް)
  3. ގުދަނުގެ ބޭރު ބޮޑު ދޮރާއި ކުޑަ ދޮރު ނަގާ ، ރާނާ ސިމެންތި ޖަހާ ބެއްދުން.
  4. ގުދަނުގެ އެތެރެ ދޮރު އެލްމިނިއަމް ދޮރަށް ބަދަލުކުރުން.
  5. ގުދަންބައިގެ ތަޅުމުގައި މުށި ޖެހުން .
  6. ގުދަނުގެ ދެބައިގެ ކަރަންޓް ވައިރިންގ ރަނގަޅު ކުރުން.
  7. ހިނަވާގެ  އެތެރޭގެ ލައިޓްތައް ބަދަލު ކުރުން.
  8. ހިނަވާބައިގެ ކުޑަދޮރު ނަގާ، ރާނަ ސިމެންތިޖަހާ ބެއްދުން.
  9. ހިނަވާބައިގެ ފެންލައިޓް، އެލްމިނިއަމް އަށް ބަދަލުކުރުން.

10. މައިދޮރުގެ ތިރީކައިރީގައި ޑްރާފްޓް ސްޓޮޕަރ ހަރުކުރުން

11. މުޅި ޢިމާރާތުގައި ކުލަލުން .(އެތެރެއާއި ބޭރުގައި)

12. ދިޔަދޮވި ބަދަލުކުރުން.

13. މައި ގޭޓް ދިއްލުން.

 

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 17 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 ގައި  މި ކައުންސިލްގެ ޖަލްސާ ކުރާ މާލަމްގައެވެ.

މަޢުލޫމާތު ސެޝަން: (17 ޖުލައި  2024، 13:00)

ބީލަން ހުޅުވުން: (25 ޖުލައި 2024، 13:00)

މި އިޢުލާނާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ހުށަހަޅަންޖެހޭ އެންމެހާ ފޯމްތަކާއި ލިޔެކިޔުންތަކުގެ މަޢުލޫމާތު 17 ޖުލައި  2024 ވާ ބުދަ ދުވަހު ބޭއްވޭ މަޢުލޫމާތު ސެޝަންގައި ޙިއްސާ ކުރެވޭނެއެވެ.

ވީމާ، މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 17 ޖުލައި 2024 ވާ ބުދަ ދުވަހު 13:00 އަށް  ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު  25 ޖުލައި  2024 ވާ ބުރާސްފަތި ދުވަހު 13:00 ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09   މުޙައްރަމު   1445

15    ޖުލައި    2024  

15 ޖުލައި 2024
ހޯދާ