އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
10 ކޮމޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޯޓު: މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުއްދަދެއްވާފައިވާ އަދަދަށް ވުރެ ހުށަހަޅުއްވާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ބިޑް ކޮމެޓީއަށް ފެންނާތީ ކުރިން ކޮށްފައިވާ ޢިއުލާން ބާޠިލްކޮށް އަލުން ޢިއުލާން ކުރަމެވެ.

1. މި މަދަރުސާއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ގޫގުލް ފޯމު( https://forms.gle/3UMhS2X2jAgjUs3R7 ) ފުރިހަމަ ކުރެއްވުން އެދެމެވެ.

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖުލައި 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016650

15 ޖުލައި 2024
ހޯދާ