ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެނިއުމަރޭޓަރުން ހޯދުމަށް

ޢިއުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 ސާރވޭއަކަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ.

މި ސާރވޭތައް ތިރީގައި މިވަނީއެވެ.

    1. ސްޓަޑީ އޮން ސީނިއަރ ސިޓިޒަންސް އެންޑް އޭޖިންގް ވެލް އިން ދަ މޯލްޑިވްސް
    2. އެކްސްޕްލޯރިންގ ޕަރސެޕްޝަންސް އެންޑް އިމްޕެކްޓް އޮފް ޑީސެންޓްރަލައިޒޭޝަން އިން ދަ މޯލްޑިވްސް: އަ ކޮމްޕްރިހެންސިވް ސްޓަޑީ

 

މިސާރވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މިކަމުގެ ތަމްރީން ދިނުމަށްފަހުގައެވެ.

ސަރވޭގައި ފުރާ ކޮންމެ ފޯމަކަށް -/80 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސާރވޭ ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ގްރޭޑް 10އެއް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން 21 ޖުލައި 2024 ވާ އާދީއްތަ

ދުވަހުގެ މެންދުރު 14.00ގެ ކުރިން މިއޮފީހުގެ އީމެއިލް  [email protected] މެދުވެރިކޮށް މައުލޫމާތު (ސީވީ) ފޮނުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަމްބަރު 3345424 އަށް ގުޅުއްވުން އެދެމެވެ.

 

9 މުޙައްރަމް 1445ހ

15 ޖުލައި 2024މ

15 ޖުލައި 2024
ހޯދާ