ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކުރުން

ބީލަން ހުށަހެޅުމުގެ ދައުވަތު

ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކުރުން

            މިއިދާރާގެ ނަންބަރު: 393/393/2024/50(IUL) (02/6/2024) އިޢްލާނާގުޅިގެން، ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކޮށްދޭނެ ކުރި އިޢްލާނަށް އެއްވެސް ފަރާތަކުން އެކަމަށް ބީލަން ހުށައަޅާފައި ނުވާތީ އަލުން

ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާބެހޭ މަޢްލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ފޯމް ދޫކުރުން

1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2024 ން ފެށިގެން 24 ޖުލައި 2024 ވާ ބުދަ ދުވަހުގެ 10:00ގެ ނިޔަލަށެވެ.  

2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.

3. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ އީމެއިލް މެދުވެރި ކޮށެވެ.

 4. އީމެއިލް މެދުވެރިކޮށް ބިޑްފޯމް ނަންގަވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓް ނަމްބަރ:

001 700293 7725( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން އެފަރާތުގެ އީމެއިލްއަށް ބިޑްފޯމް ފޮނުވައިދެވޭނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 24 ޖުލައި 2024  ބުދަ ދުވަހުގެ ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

15 ޖުލައި 2024
ހޯދާ