ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލް އިދާރާއަށް ބޭނުންވާ ކޮމްޕިޔުޓަރ އަދި ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

 

އިޢުލާން

 

ފ.ފީއަލީކައުންސިލް އިދާރާއަށް ބޭނުންވާ ކޮމްޕިޔުޓަރ އަދި ލެޕްޓޮޕް ސަޕްލައިކޮށްދޭނެފަރާތެއްހޯދުން

 

          ފ.ފީއަލީ ކައުންސިލް އިދާރާއަށް ބޭނުންވާ ކޮޕްމިޔުޓަރ އަދި ލެޕްޓޮޕް ހޯދުމަށް މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް  މި އިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 11:00 ނިޔަލަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް، ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލްކުރަންވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 10:45 ގެ ކުރިން، [email protected]  އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 7666594 އަށެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  6. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

15 ޖުލައި 2024

9 A 1446

ޚާދިމްކުމް

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

15 ޖުލައި 2024
ހޯދާ