މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިދިލި އޮށް ހޮވުމާއި ގުޅޭ

މިކޮމެޓީގެ ފަރާތުން މިރަށުގެ ގިނަ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި މިދިލިއޮށް ހޮވުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކޮންމެ މަހެއްގެވެސް އެއްދުވަހު އޮށް ހޮވުމަށް ވަނީ ކަނޑައެޅިފައެވެ. ނަމަވެސް އިތުރު ދުވަސް ތަކުގައި ބައެއް ބޭފުޅުން އޮށް ހޮވަމުން ދާކަން މި ކޮމެޓީ އަށް ފާހަގަކުރެވިފައިވާކަން ހިތާމަޔާއެކު ދަންނަވަމެވެ.

 

  ވީމާ، މިކަން މިގޮތަށް ކުރަމުން އަންނަ ފަރާތްތަކަށް މިކޮމެޓިގެ ފަރާތުން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި ރައްޔިތުންވެސް މިފަދަ ފަރާތްތަށް މިކޮމެޓީއަށް ރިޕޯޓްކޮށްދެއްވުން އެދި ދެންނެވީމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަމެވެ.

 

 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

14 ޖުލައި 2024
ހޯދާ