މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޕަރވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް

 ސުޕަރވައިޒަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

ސަޕޯޓިންގް އެލަވަންސް

-/1200 ރުފިޔާ (މަހަކު)

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/1085 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.

ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރަށުގެ ބަނދަރު ސަރަހައްދަށް ކަނޑައަޅާފައިވާ ހިސާބު ސެކިއުރިޓީކޮށް ބެލެހެއްޓުން.
  2. އުޅަނދު އަޅާނެ ތަންތަން ކަނޑައަޅައި އޮޑިވެރިން ގައިޑު ކޮށްދިނުން.
  3. އަރާފައިބާ ސިޑި އަބަދުވެސް ހުސްކޮށް ބޭއްވުން.
  4. ޠޫފާން ތަކުގައި އަދި ގަދަތަކުގައި އުޅަނދުތައް މޮނީޓަރ ކުރުން އަދި ގެއްލުންތައް ލިބޭނަމަ އޮޑިވެރިޔާއަށް އެންގުން.
  5. ބަނދަރު ސަރަހައްދަށް ބާލާ ޢާއްމު އެންމެހައި ތަކެތި ދުވަހުން ދުވަހަށް ނަގާ އެސަރައްދުން ހުސްކުރުން.
  6. ބަނދަރު ސަރަހައްދައް ބާލާ ޚާއްޞަ ބާވަތްތަކުގެ ( ގެދޮރު ޢިމާރާތް ކުރުމަށްގެންނަތަކެތި އަދި އެހެނިހެން މަސައްކަތް ތަކަށް ގެންނަ މެޓީރިއަލްފަދަތަކެތި ) ރިޕޯޓް ކައުންސިލަށް ދިނުން އަދި ކައުންސިލުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެތަކެތި ސަރަހައްދުން ހުސްކުރުން.
  7. ބަނދަރުސަރަހައްދުގެ ފެނާއި ކަރަންޓް (ހޮޅިބުރިތަކާއި ފެންއިސްކުރު ފަދަ ތަކެތި ) ބެލެހެއްޓުން.  
  8. ބަނދަރު ސަރަހައްދުގެ ބެޑުތަކުގައި ގަސްއިންދާ ސާފުކޮށް ބެލެހެއްޓުން.
  9. ބަނދަރަށް ގެއްލުންލިބޭފަދަ ޢަމަލުތަށް މަނާކުރުމާއި އަދި ކައުންސިލަށް ރިޕޯޓްކުރުން.

މަޤާމްގެ ޝަރުޠު

  1. ލިޔަން ކިޔަން އެނގުން.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  3. ފުލްޓައިމް ވަޒީފާއަދާކުރާ ފަރާތެއްކަމުގައި ނުވުން.
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް( ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ފުރިހަމަ ކޮށްފައިވާ ސިވިސލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި

 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ޖުލައި 2024 އާއި 25 ޖުލައި 2024 އާއި ދެމެދުގައި ކެންދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޖުލައި 2024
ހޯދާ