ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ފައިސާ ދައްކާފައިނުވާ ދަނޑުތައް ބާޠިލްކުރުމާއި ގުޅޭ

               ގއ.ނިލަންދޫ ކައުންސިލުން ދަނޑުބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ،  ދަނޑުބިންތަކުގެ ތެރެއިން ދިގު މުއްދަތަކަށް ފައިސާ ދައްކާފައިނުވާ، ދަނޑުބިންތަކުގެ އެގްރީމެންޓްތައް ބާޠިލްކުރުމަށް މި އިދާރާއިން ނިންމާފައިވެއެވެ.          އެހެންކަމުން މި ދަނޑުބިންތަކުގެ ތެރެއިން ޖޫން 2024 މަހުގެ ނިޔަލަށް، 03 މަހަށް ވުރެ ގިނަ ދުވަހަށް ފީ ދައްކާފައިނުވާ ދަނޑުތަކުގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރަމެވެ. އަދި މި ދަނޑުތަކުގެ ފީ، 23 ޖުލައި 2024 ގެ 14:00 ގެ ކުރިން މި އިދާރާއަށް ދައްކައި ޚަލާސްކޮށްދިނުމަށް އެދެމެވެ.

           އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ފީ ނުދައްކަވައިފިނަމަ، އިތުރު އެންގުމަކާއި ނުލައި، ދަނޑުތައް ބާތިލްކުރެވިގެންދާނެ ވާހަކަ ތިޔަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                             08  މުޙައްރަމް  1446      

14 ޖުލައި 2024
ހޯދާ