ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން

ގައްދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން:

                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން'' 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގައްދޫ ކައުންސިލުން ކުރިޔަށްގެންދިޔަ ޙަރަކާތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ޖުލައި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ގައްދޫ މަރުކަޒުލް އީސާރުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާލެވިގެންދާނެއެވެ.

  1. 2024 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ރިޕޯޓް އަދި މާލީ ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުން.
  2. މި އަހަރު ބާކީ އޮތް މުއްދަތުގައި ކައުންސިލުން ކުރިޔަށްގެންދާ ޙަރަކާތްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުން.

                ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެންދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                                           14   ޖުލައި  2024

14 ޖުލައި 2024
ހޯދާ