މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ޖުލައި 15 އިން 17 އަށް، ކޮންމެ ދުވަހެއްގެ 18:15 އިން 21:00 އަށް  ހުޅުމާލެ އިރުމަތިން 11.25 ނޯޓިކަލް މޭލު ބޭރުގައި (05 ނޯޓިކަލް މޭލު ސަރަޙައްދުގައި)  ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

1-      1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :            މެޝިން ގަން

2-      2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:      4700 މީޓަރު

3-      3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:     200  މީޓަރު

4-      4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ. ލެވެލް

5-      5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:             ހުޅުމާލެ އިރުމަތިން 11.25 ނޯޓިކަލް މޭލު ބޭރުގައި

6-       

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

14 ޖުލައި 2024
ހޯދާ