ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިއިދާރާގެ ނަންބަރު: (IUL)396-A/2023/69 (19  ޑިސެންބަރު 2023)  އާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ

އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

2 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

            ލ.ދަނބިދޫ ކައުންސިލް ގެ ފަރާތުން ދަނބިދޫގައި އުފެދޭ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ ޕިކަޕެއް ސަޕްލައި ކޮށްދޭނެ

ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ

ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ

ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕްއާއިއެކު ބީލަމުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/150 ރުފިޔާ

މި ކައުންސިލްގެ އެކައުންޓަށް ޖަމާކޮށް، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މިކައުންސިލަށް މެއިލް ކުރަންވާނެއެވެ.

 

އެކައުންޓް ނަން: 1447 REVENUE 1

އެކައުންޓް ނަންބަރު:7707-700475-001

ތަފްސީލު

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީކުރުން

21 ޖުލައި 2024 (އާދިއްތަ)

14:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

25 ޖުލައި 2024 (ބުރާސްފަތި)

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

  

 

         މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ

ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ

މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި

ދެންނެވީމެވެ.

 

 

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން

އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން

ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. (އިދާރީ ކަންކަމުގައި

ގުޅުއްވާނީ 6800867 އަދި ޓެކްނިކަލް ކަންކަމުގަ ގުޅުއްވާނީ 6800872).

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

14 ޖުލައި 2024
ހޯދާ