ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން  

މި އިދާރާގެ, ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:                 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:            ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:       އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:           223145

އޮފީސް/ އިދާރާ:            ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:               ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:      ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:                 4465.00 ރުފިޔާ

ސަރވިސް އެލަވަންސް:        1500.00 ރުފިޔާ

ބޭނުންވާ އަދަދު:            1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކެންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  "ދިވެހި"  މި  މާއްދާއިން  "ސީ"  ގްރޭޑް  ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1-  ކައުންސިލް އިދާރާގެ ޔައުމިއްޔާ ލިޔެބެލެހެއްޓުން.

2- ޙުކުމް ތަންފީޒުކުރުމަށް ގޭގައި ބަންދުކުރެވޭ މީހުންނާއި، އަރުވާލުމަށް މާލެ ފޮނުވެންދެން ގޭގައި ބަންދުކުރެވޭ މީހުންނާބެހޭ ކަންތައްތައް ބެލެހެއްޓުން.

3-  ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅޭ މައްސަލަތައް ލިޔެ ބެލެހެއްޓުން.

4- އަތޮޅު ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ތަހުނިޔާގެ މެސެޖާއި، ތަޢުޒިޔާގެ މެސެޖް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5- ސްޓޮކް ބެލެހެއްޓުމާއި، ޢިމާރާތް މަރާމާތުކުރުމަށް ގެނެވޭ ތަކެތި ބަލައިގަތުން.

6- ޚާއްސަޞަ އެހީއަށް ބޭނުންވާ މީހުންނާއި، ސިކުނޑިހަމަނުޖެހޭ މީހުންގެ ކަންތައްތައް ބެލެހެއްޓުން.

7- 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ނިޔާވާމީހުންގެ ރިޕޯޓް މަހުންމަހަށް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8 - އެންޓްރީން މައްސަލަތައް ނެގުމާއި ގުޅުން.

9- ލޯކަލް ކައުންސިލް އިންތިޚާބުގެ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ މައްސަލަތައް ބެލެހެއްޓުން.

10- އަންހެނުންގެ ބަށި މުބާރާތުގެ ކަންތައްތައް ބެލެހެއްޓުން.

11- އަންހެނުންގެ އަތޮޅު ވޮލީ މުބާރާތުގެ ކަންތައްތައް ބެލެހެއްޓުން.

12- އަތޮޅު ފުޓްބޯ ޅަމުބާރާތުގެ ކަންތައްތައް ބެލެހެއްޓުން.

13- ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދުބެލުމާބެހޭ މަސައްކަތްތައް ކުރުން.

14- ވިއްސާރައިގައި ލިބޭ ގެއްލުމާބެހޭ މަސައްކަތް ކުރުން.

15- ގޯއްޗަށް އެދިފައިވާ މީހުންގެ މަޢުލޫމާތު، އަތޮޅާއި މުޅިރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަޢުލޫމާތު ހޯދުމަށްފަހު އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

16- ފައިލުކުރުން.

17- މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅިގެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދިވެހި ސިވިލް ސަރވިސްގެ މަޤާމްތަކުގެ އަސާސީ ޝަރުޠު (ތިންވަނަ އިޞްލާޙު) 1 މޭ 2015  ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ފަހުން ލިޔުމުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  ތިރީގައި  ބަޔާންކުރެވިފައިވާ  ލިޔުންތަކާއެކު،  2015  މޭ 31  ވާ  އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މި އިދާރާގެ ކައުންޓަރުން  ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވޯކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގުރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) (އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަޞްލު އިންޓަވިއުއަށްހާޒިރުވާއިރު ގެންނަންވާނެއެވެ.)

7- ވަނަވަރު

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ 6500002 ނަންބަރު ފޯނަށް ނުވަތަ 6500068 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

3 ޝަޢުބާން 1436

21 މޭ 2015
ހޯދާ