ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީ ރަޖިސްޓްރީ ކުރުމާގުޅޭ

އެހީދޭ ފަރާތްތަކާއި، ސަރުކާރުން ކައުންސިލާ ޙަވާލުކުރާ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި މިއިދާރާއިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް، ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމައްޓަކައި ގޭބިސީތައް ރަޖިސްޓްރީކޮށް ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. އެގޮތުން ގޭބިސީއެއްގެގޮތުގައި ކަނޑައެޅޭނީ މިއިދާރާގައި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތައް ކަމުގައި ދަންނަވަމެވެ. ގޭބިސީ ރަޖިސްޓްރީ ކުރުމާގުޅޭ އުޞޫލު މިއިއުލާނާ އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި ގޭބިސީ ރަޖިސްޓްރީކުރަންއެދޭ ފޯމް މިއިދާރާގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  

ވީމާ ކިނބިދޫގައި ދިރިއުޅެމުންގެންދާ ގޭބިސީތަކުން "ވަކި ގޭބިސީ ރަޖިސްޓަރީވުމަށް އެދޭ ފޯމް'' ފުރިހަމަކުރެއްވުމަށްފަހު މިއިދާއަށް ހުށައެޅުމުން އެގޭބިސީއެއް ކިނބިދޫގެ ގޭބިސީ ދަފްތަރުގައި ރަޖިސްޓަރީ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                            08 މުޙައްރަމް 1446ހ.

14 ޖުލައި 2024
ހޯދާ