މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ދުވާފަރު ދަންޑަހެލު ކަޕް 2024 " ކުރިއަށްދާ މުއްދަތުގައި ފުޓްބޯޅަ ދަނޑުގައި ކެންޓީން ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

                 ދުވާފަރު ދަންޑަހެލު ކަޕް 2024 ކުރިއަށްދާ މުއްދަތުގައި ފުޓްބޯޅަ ދަނޑުގައި ކެންޓީން ހިންގުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ކުރިއަށް ދާނީ 2024 ޖުލައި 26 ވަނަ ދުވަހުން ފެށިގެން 06 އޮގަސްޓް 2024 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކަމުގެ އަގެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ގާޑިޔާ/ކެންޓީންއަކުން ދުވަހަކަށް -/100 ރުފިޔާއެވެ. ގާޑިޔާ /ކެންޓީން ބެހެއްޓުމުގެ ހުއްދަދެވޭ ދެފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް ދަނޑު ވަށައިގެންވާ ސަރަހައްދުގައި ގާޑިޔާ /ކެންޓީން ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖުލައި 18 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ފޯމް ފުރުވުމަށްފަހު ފޯމާއި އެކު ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ/ ކެންޓީން ދޫކުރުމާއި ބެހޭ އުޞޫލު ޢާއްމު ކުރީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 9701318 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

12 ޖުލައި 2024
ހޯދާ