މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ސާރވިސަސް ފޯ އިމްޕްލިމެންޓޭޝަން އޮފް ކޯސްޓަލް ކޮންސަވޭޝަން/ޕްރޮޓެކްޝަން މެޝަރސް އެގެއިންޓް ކޯސްޓަލް ޑިޒާސްޓަރސް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

(ޕްރޮޖެކްޓް ނަންބަރު:  TES/2024/C-002)

   

ކޮންސަލްޓެންސީ ސާރވިސަސް ފޯ އިމްޕްލިމެންޓޭޝަން އޮފް ކޯސްޓަލް ކޮންސަވޭޝަން/ޕްރޮޓެކްޝަން މެޝަރސް އެގެއިންޓް ކޯސްޓަލް ޑިޒާސްޓަރސް

 

1. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މެދުވެރިކޮށް ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އާއި ދިވެހި ސަރުކާރުން ފައިނޭންސްކޮށް އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ސުޕަވައިޒްކޮށް ކޯ ފައިނޭންސް ކޮށްދޭ 'ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް' މަޝްރޫޢު ދަނީ ހިންގަމުންނެވެ.

2. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކަނޑައެޅިފައިވާ ރަށްތަކުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ހަރުދަނާ އަދި އެކަށީގެންވާ ގޮތެއްގައި ތައްޔާރުކޮށް ތަންފީޒުކުރުމަށްޓަކައި މަޝްވަރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ، މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު) ހުށަހަޅަން ވާނެއެވެ.

4. ކޮންސަލްޓަންޓް ވާން ޖެހޭނީ ސިންގަލް ފާރމެއް ނުވަތަ ޖޮއިންޓް ވެންޗަރ (ޖޭވީ) އަކަށެވެ. ޖޭވީއެއްގެ ހާލަތުގައި،ކޮންޓްރެކްޓުގައި ބަޔާންކުރެވިފައިވާ ޝަރުތުތަކާ އެއްގޮތަށް ކޮންޓްރެކްޓް ތަންފީޒުކުރުމުގައި ހުރިހާ މެންބަރުން ގުޅިގެން ޒިންމާވާންޖެހޭނެވެ.

5. ޖޮއިންޓް ވެންޗަރ (ޖޭވީ) އަކުން ހުށަހަޅާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓުގައި (އީ.އޯ.އައި) ހުރިހާ މެންބަރުން ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ކޮޕީއެއް ހިމަނަންވާނެއެވެ. ނުވަތަ ހޮވޭ ކޮންސަލްޓަންޓަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ސޮއިކުރުމަށް ގަސްދުކުރާކަމުގެ ލިޔުމެއް ހުރިހާ މެންބަރުން ސޮއިކޮށް، ހުށަހެޅުމަށް ހުށަހަޅާ އެއްބަސްވުމުގެ ކޮޕީއަކާއެކު އެކްސްޕްރެޝަން އޮފް އިންޓްރެސްޓުގައި (އީއޯއައި) އާއެކު ހުށަހަޅަންވާނެއެވެ. ޖޭވީ އެއްބަސްވުމުގައި ނުވަތަ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ސޮއިކުރުމަށް ގަސްދުކުރާ ލިޔުމުގައި، މި ކޮންސަލްޓަންސީގެ ދަށުން ކޮންމެ މެންބަރަކު މަދުވެގެން ކުރާނެ މަސައްކަތްތަށް ބަޔާންކުރަންވާނެއެވެ.

6. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި)  ހުށަހަޅަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އިތުރު ބަހަކުން  ހުށަހަޅާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ތަކުގައި ހިމޭނޭ ސަޕޯޓިންގ ޑޮކުއުމަންޓްސްތަކުގައި ހިމެނޭ މުހިންމު ބައިތަކުގެ ސައްޙަ އިނގިރޭސި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ. މިގޮތުން، އީ.އޯ.އައި މާނަކުރުމުގައި ބަލާނީ މި އިނގިރޭސި ތަރުޖަމާއަށެވެ.

7. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުން،  ޖަޕާނު  އޯ.ޑީ.އޭގެ ލޯނުގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން އޮކްޓޫބަރު 2023 ގައި ތައްޔާރުކޮށްފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.

8. މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އަދި   އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހަޅަންޖެހޭ ހުރިހާ ފޯމުތަކާއިއެކު، މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

9. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތަކާއެކު، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) ހުށަހަޅުމަށް ދަންނަވަމެވެ. 

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން   : (960) 3349147, (960) 3349106, (960) 3349115   

އީމެއިލް  : [email protected]

ކޮޕީ   : [email protected]

11 ޖުލައި 2024
ހޯދާ