ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންގަލި ލާންޗުގައި މިހާރުހުރި ސަތަރި ނައްޓައި އާސަތަރިއެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާގެ ރަންގަލި ލާންޗުގައި މިހާރުހުރި ސަތަރި ނައްޓައި އާ ސަތަރިއެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މޭ 27 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗުގެ ސަތަރި ބަދަލުކޮށްދިނުމުގެ އަންދާސީހިސާބު " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

14 މޭ 2015
ހޯދާ