ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ

      ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 MS1/B

ސެކްޝަން/ޑިޕާޓްމަންޓް

 ޖެނެރަލް އެޑްމިނިސްޓްރޭޝަން

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން (އެކައުންޓިންގ ނުވަތަ ފައިނޭނސް ދާއިރާއިން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 

 

  •   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި  7 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރައްޔިތުންގެ މަޖިލީހުގެ ހަރުމުދާ ބެލެހެއްޓުމުގެ އެންމެހާ  މަސައްކަތްތައް ވެރިއެއްގެ ލަފައާ އިރުޝާދުގެ ދަށުން ދައުލަތުގެ މާލިއްޔާތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރަމުން ގެންދިއުން.
  • ރައްޔިތުންގެ މަޖިލީހުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ބާވެ ނައްތާލަން ޖެހިފައިވާ ނުވަތަ ނީލަން ކިޔަން ޖެހިފައިވާ ތަކެތި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ނީލަން ކިއުމުގެ މަސައްކަތް ނުވަތަ ނައްތާލުމުގެ މަސައްކަތް ކުރުން،
  • ހަރުމުދާ މެނޭޖްކޮށް ބެލެހެއްޓުމާއި، ސްޓޮކް  މެނޭޖްކޮށް ބެލެހެއްޓުމަށްޓަކައި އޮފީހުގެ އެތެރޭގައި  އެކުލަވާލަންޖެހޭ އުޞޫލުތައް އެކުލަވާލުމުގެ މަސައްކަތްކުރުން،
  • ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓް އެކުލަވާލުމާއި، ބަޖެޓް މެނޭޖްކޮށް ބެލެހެއްޓުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަމުގައި އެޑްމިނިސްޓްރޭޓިވް އެފެއަރޒް ޑިޕާޓްމަންޓާ ހަވާލުވެ ހުންނަ ވެރިއަކަށް އެހީތެރިވެދިނުން،
  • އެޑްމިނިސްޓްރޭޓިވް އެފެއަރޒް ޑިޕާޓްމަންޓްގެ ދަށުން ކުރެވޭ މުހިއްމު މަސައްކަތްތައް ކުރުމުގައި އެއިރަކު ޑިޕާޓްމަންޓާ ހަވާލުވެ ހުންނަ ވެރިއަކަށް އެހީތެރިކަން ފޯރުކޮށްދިނުން،
  • ސިޓީ، މެމޯ، ރިޕޯޓް، މަސައްކަތްތަކުގެ ސްކޯޕް ޕޭޕަރު ފަދަ  ތަކެތި ތައްޔާރު ކުރުމާއި ލިޔެކިޔތުންތައް ފައިލްކޮށް ބެލެހެއްޓުން،
  • މަތީގައި ބަޔާންވެގެންވާ ކަންކަމުގެ އިތުރުންވެސް ސެކްޝަން/ޑިޕާޓްމަންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފަޔާއި އިރުޝާދުގެ މަތިން ސެކްޝަނާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އަދި މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ތަރައްޤީކޮށް ހިންގުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން. 

މުސާރަ:

- މަހަކު 9،500 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުޞޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

21 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ

    

ނޯޓް: ދައުލަތުގެ ބަޖެޓް އޮފީހެއްގައި ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިނުވާނަމަ އެފަރާތެއް ޝަރުތު ހަމަވާކަމަށް ނުބެލެވޭނެއެވެ. އެހެންކަމުންމިމަޤާމުގެ މަސައްކަތު ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ ދައުލަތުގެ ބަޖެޓް އޮފީހެއްގައި ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ އަމަލީ މަސައްކަތު ތަޖުރިބާއަށެވެ. އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

11 ޖުލައި 2024
ހޯދާ