މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ކައުންސިލް ފުޓްސެލް ފިއެސްޓަރ 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ބ ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:

             

      ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024 " ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިފަޅުތެރޭގައިހިމެނޭ ތިންރަށުގެ އަންހެން/ ފިރިހެން ދެޖިންސަށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ފުޓްސަލް ދަނޑުގައެވެ މިމުބާރާތުގައި، ބ.ގޮއިދޫ، ފުޅަދޫ، ފެހެންދޫ މި 3 ރަށުގެ ކުޅުންތެރިންނަށްވެސް ކުޅެވޭނީ އެ ކުޅުންތެރިން ނިސްބަތްވާ (ރަށު ރަޖިސްޓްރީގައިވާ) ރަށުގެ ޓީމްތަކަށް އެކަންޏެވެ. އަދި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު 2 ކުޅުންތެރިންނަށް ކުޅެވޭނެއެވެ.

     މި މުބާރާތުގެ ޗެންޕިއަން ޓީމަށް 25000 (ފަންސަވިސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

        ވިމާ މިމުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 05 އޮގަސްޓް 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި ގަވައިދު 14 ޖުލައި 2024 އިންފެށިގެން މިކައުންސިލްއިން ލިބެންހުންނާނެއެވެ.

           މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ޖުލައި 2024
ހޯދާ