ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތު ކުރުމާބެހޭ

މިއިދާރާގައި ކުރަންހުރި ބައެއް މަރާމާތުތައްކޮށް ކުލަ ލުމާއެކު، އިދާރާގެ އެތެރެއަށް ވަންނަ ދޮރާއި ދިމާލުން ވެރެންޑާ ނުވަތަ ހިޔަލެއް ހެދުމާއި އަދި ސެކިއުރިޓީ ބަލަހައްޓާ މީހުން ތިބޭ ސެކިއުރިޓީ ޕޯސްޓެއް ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިން ތަކެތި ދިނުމުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ރަޖަބު 1436

18 މޭ 2015
ހޯދާ