މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ހިންގަވާ ތަމްރީން ޕްރޮގްރާމްތަކާއި ބެހޭ:

   މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބެނުންވާ ތަމްރީން ޕޮރޮގްރާމްގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން 2024 ޖުލައި 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ރިސެޕްޝަންއަށް ދުރުވެ ނަންނޯޓް  ކުރެއްވުން އެދެމެވެ.

  މި ސެޝަންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ދަތުރުގެ އަދި ހުރުމުގެ ޚަރަދު މިނިސްޓްރީން  ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

05 މުޙައްރަމް 1445

11 ޖުލައި 2024
ހޯދާ