ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރަށް 50 (ފަންސާސް) ޓަނުގެ ޑީސެލިނޭޝަން ފެން ޕްލާންޓެއް އަމިއްލަ ތަކެތީގައި ބެހެއްޓުމާއި، ޕްލާންޓުން ފެށިގެން ކަނޑުއޮޅިއާ ހަމައަށް ހޮޅި އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
26 މޭ 2015 |
އަންގާރަ |
13:00 (މެންދުރުފަހުގެ) |
އަންދާސީހިސާބު ހުށަހެޅުއްވުން |
31 މޭ 2015 |
އާދީއްތަ |
13:00 (މެންދުރުފަހުގެ) |
01 ޝަޢުބާން 1436