ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

                       އިޢުލާން

 

ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

 

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ (ޤާނޫނު ނަންބަރު: 2010/7) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ޖުލައި މަހު ބާއްވާ ބައްދަލުވުމަށް ފުވައްމުލަކު އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ.

ޖުލައިމަހުގެ ބައްދަލުވުން 28 ޖުލައި 2024 ވަނަ ދުވަހު 20:30 ގައި ފުވައްމުލައް  ސިޓީ ކައުންސިލް އިދާރާގެ ކުރުދުމާ މާލަމް ގައި އޮންނާނެ ވާހަކަ އަންގާ އިޢުލާން ކުރީމެވެ.

 

 

04 މުޙައްރަމް    1446 

10 ޖުލައި         2024         

                                                   

10 ޖުލައި 2024
ހޯދާ