ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކަށް ކުނިއެޅުމާއި ގުޅޭ

މިހާރަކަށް އައިސް ރަށުގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ކުނި އަޅަމުންގެންދާ ކަމުގެ ޝަކުވާތައް މިކައުންސިލަށްދަނީ ލިބެމުންނެވެ. މިކައުންސިލުން ޢާއްމުކޮށްފައިވާ ކުނިއުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލުގައިވާގޮތުން ރަށުގެ ކުނިކޮށި ފިޔަވައި އެއްވެސް ސަރަހައްދަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އަދި މިކައުންސިލުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ކުނިކޮށްޓާއި، ކައުންސިލުން ދޫކޮށްފައިވާ ޑަސްބިންތައް ނޫން އެހެންތަނަކަށް ކުނި އަޅައިފިނަމަ، އެކަންކުރާ ފަރާތްތަކާއިމެދު މިއުޞޫލުގައިވާ ގޮތުން ތިރީގައިވާ ފިޔަވަޅުތައް އެޅޭނެއެވެ.

  • ފުރަތަމަ ފަހަރުނަމަ، އެމީހަކަށް އެކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވުން.
  • ދެވަނަ ފަހަރަށް ކުށް ތަކުރާރު ކޮއްފިނަމަ-/500ރ (ފަސް ސަތޭކަ ރުފިޔާ)އާއި 1000ރ (އެއްހާސް ރުފިޔާ) ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ތިންވަނަފަހަރަށް ކުށް ތަކުރާރު ކޮއްފިނަމަ-/1000ރ (އެއްހާސްރުފިޔާ) އާއި -/3000ރ ( ތިންހާސް ރުފިޔާ) ދެމެދު ޢަދަދަކުން ޖޫރިމަނާ ކުރުން.
  • ހަތަރު ފަހަރަށް ކުށް ތަކުރާރުކޮއްފިނަމަ -/3000ރ (ތިންހާސް ރުފިޔާ) -/5000ރ (ފަސްހާސްރުފިޔާ) އާއި ދެމެދުގެ ޢަދަދަކަށް  ޖޫރިމަނާކުރުން، އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް، ކުއްތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

       ވީމާ، އެއްވެސް ފަރާތަކުން ރަށުގެ ކުނިކޮށި ފިޔަވައި އެއްވެސް ސަރަހައްދަކަށް ކުނިނޭޅުމަށް ނަސޭހަތްތެރިވަމެވެ. އަދި ކުނިކޮށި ފިޔަވައި ރަށުގެ އެކި ސަރަހައްދުތަކަށް ކުނިއަޅާ ފަރާތްތަކާއިމެދު މަތީގައި ދެންނެވިފައިވާ ފިޔަވަޅުތައް އެޅޭނެކަމުގައި ދަންނަވަމެވެ.

10 ޖުލައި 2024
ހޯދާ