ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބައިތައް ނީލަންކިޔުން

ނީލަން ކިޔުން:

             

       ރަށުގެ މިސްކިތްމަގު، ބޯޅަދަނޑުގެ އުތުރު، ހުވަނދުމާ ގޯތި އިރުމަތި އަދި ގަބުރުސްތާނު އިރުމަތި ދޮރުކައިރީގައި ކަނޑާފައި ހުރި ރުއްގަސް ނީލަން ކިޔުން 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2024 ޖުލައި 11 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ރުއް ގަސް ގެންދެވޭނީ ނީލަމުން ނަގާ ރުއްގަހުގެ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން، 2024 ޖުލައި 18 އިން 2024 ޖުލައި 23 ވަނަދުވަހުގެ 9:00 ން 12:00 ނިޔަލަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

 

             އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ރުއްގަސް ނީލަމުން ނަގައި އަދި ނީލަމުން ނެގި ރުއްގަހަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ރުއްގަހުގެ" ޖުމްލަ އަގަށްވާ ފައިސާގެ 50 އިންސައްތަ ދައްކަވަންޖެހޭނެއެވެ.

 

ނީލަން ކިޔަން ހަމަޖެހިފައިވާ ރުއް ގަހުގެ ބައިތަކުގެ މައުލޫމާތު (ނަންބަރު ޖަހާފައިވާނީ ރަތްކުލައިން)

 

  • މިސްކިތްމަގު ސަރަހައްދު (1،2،3،4)
  • ބޯޅަދަނޑު އުތުރު (5،6،7،8،9،10،11،12،13،14،15،16،17)
  • ހުވަނދުމާގެ އުތުރު (19،20)
  • ޤަބުރުސްތާނު އިރުމަތި  (18)

 

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

10 ޖުލައި 2024
ހޯދާ