ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި މަގުމަތި ކުނިކެހުމާއި ބެހޭ އުސޫލު

ތަޢާރަފް

1.

(ހ)

މިއީ ގަވާއިދު ނަންބަރ 2013/R-2066 މަގުމަތި ކުނިކެހުމާބެހޭ ގަވާއިދުގެ 7 (ހަތެއް) ވަނަ މާއްދާ އާއި އިން ލިބިދޭ ބާރުގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލުން އެކުލަވާލާފައިވާ އުސޫލެކެވެ.

ނަން

2

(ށ)

މި އުސޫލަށް ކިޔާނީ “ގދ މަޑަވެލި މަގުމަތި ކުނިކެހުމާބެހޭ އުސޫލު” އެވެ.

ޢަމަލުކުރަން ފަށާތާރީޚް

3

(ނ)

މި އުސޫލަށް އަމަލުކުރަން ފަށާނީ މި އުސޫލު އާއްމުކޮށް ގެޒެޓްގައި އިޢުލާނުކުރާ ދުވަހުން ފެށިގެންނެވެ.

މަގުމަތި ކުނިކެހުން

4

(ހ)

ކޮންމެ ފަރާތަކުން ވެސް އެފަރާތަކަށް ގދ.މަޑަވެލިން ދޫކޮށްފައިވާ ބިމުގެ ވަށައިގެންވާ މަގަށްވާ ސަރަހައްދުގެ ދެބައިކުޅަ އެއްބައި ކުނިކަހައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.

 

 

(ށ)

އެ މީހަކު ދިރިއުޅޭ ގޯއްޗަކީ އެހެން މީހަކަށް ދޫކޮށްފައިވާ ގޯއްޗަކަށްވީ ނަމަވެސް އެ ގޯތީގެ ވަށައިގެންވާ މަގުތައް ކުނިކަހައި ބަލަހައްޓަންވާނީ އެ ގޯއްޗެއްގައި ދިރިއުޅޭ ފަރާތަކުންނެވެ.

 

 

(ނ)

މީހުން ދިރިނޫޅޭ ފަޅުގޯއްޗާއި ބިން ވަށައިގެންވާ މަގު ސާފު ކުރުމަށް އެންގުމާއި ނޭންގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ރ)

އާންމު މަސްލަހަތަށްޓަކައި އެމަގެއް ނުވަތަ އެމަގަކުން ބައެއް ވަކި އުޞޫލެއްގެ މަތިން ސާފުކުރުމަށް ބޭނުންވާ ކަމަށް ކަނޑައެޅުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ހަމަޖައްސަން ޖެހިއްޖެ ހިނދެއްގައި އެގެތަކުގެ ވެރިންނާއި މިކައުންސިލާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމާނީއެވެ.

 

 

(ބ)

މަގުމަތީގައި އަޑިގުޑަން ފިލުވުމަށް ގާއަޅާފައި ބަހައްޓާ ފަރާތްތަކުން އެގާތަކުގެ މައްޗަށް ފަސްއެޅުމަށް ލަސްކުރާނަމަ ކައުންސިލުން އެގާތައް ނެގުމަށް ގާއެޅިފަރާތަށް އަންގަންވާނެއެވެ. އަޅާފައިވާ ގާތަށް ނުނަގާނަމަ ގާތަށް ނެގުމަށް 7 ދުވަހުގެ މުހުލަތެއްދީ ނުނަގައިފިނަ މި އުސޫލުގެ ދަށުން އެކަން ކުރި ފަރާތެއް ޖުރުމައިނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިގެން ވެއެވެ.

ފިޔަވަޅު އެޅުން

5

(ހ)

މަގުމަތި ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތައް ފާހަގަކޮށް މަގުމަތި ސާފުކުރުމަށް ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ

 

 

(ށ)

މިގޮތުން މަގުމަތި ސާފު ނުކުރާކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި މަގުމަތި ސާފުކުރުމަށް ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ.

 

 

(ނ)

ކައުންސިލުން މަގުމަތި ސާފު ކުރުމަށް އަންގާ މުއްދަތުގައި މަގުމަތި ސާފުނުކޮށްފިނަމަ، މި އުސޫލާއި އެއްގޮތަށް އެ ފަރާތެއް ޖޫރިމައިނާކޮށް އެކަން އެފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

ޖޫރިމަނާ ކުރުން

6

(ހ)

މި އުސޫލުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކަހާ ސާފުކޮށް ނުބަލަހައްޓާ ފަރާތްތަށް ޖޫރިމަނާ ކުރަންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

-          ފުރަތަމަ ފަހަރު 100.00 (އެއް ސަތޭކަ ) ރުފިޔާއިން،

-          ދެވަނަ ފަހަރު  250.00 ( ދުއިސައްތަ ފަންސާސް ) ރުފިޔާއިން،

-          ތިންވަނަ ފަހަރު 400.00 ( ހަތަރު ސަތޭކަ) ރުފިޔާއިން، އަދި މީގެ އިތުރުން އިތުރުވާ ކޮންމެ ފަހަރަކު 500.00 ( ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މާނަކުރުން

15

 

"ކައުންސިލް" މި އުސޫލުގައި ވަކިގޮތަކަށް ވަކިތަނެއްގައި ބުނެފައިނުވާނަމަ ކައުންސިލްގެ މާނައަކީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނުގެ ދަށުން އިންތިޚާބުވެފައިވާ މަޑަވެލި ރަށު ކައުންސިލެވެ. 

ނޯޓް

 

 

މި އުސޫލު ފާސްކުރީ 25 މެއި 2023 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 19 ވަނަ އާއްމު ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.

25 މޭ 2023
ހޯދާ