މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ތުލުސްދޫގައި އޮތް އަތޮޅު ކައުންސިލްގެ 2940 (ދެހާސް ނުވަސަތޭކަ ސާޅީސް)އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް

ބިޑް ހުށަހެޅުމަށް ދަޢުވަތުދިނުން

(1)

ރެސްޓޯރަންޓް/ކެފޭ ނުވަތަ ސައިހޮޓަލެއްހަދައި ހިންގުމަށް މާލެއަތޮޅު ތުލުސްދޫގައި އޮތް އަތޮޅު ކައުންސިލްގެ 2940 (ދެހާސް ނުވަސަތޭކަ ސާޅީސް)އަކަފޫޓުގެ ބިން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މާލެއަތޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ކަނޑައަޅައިފީމެވެ.

(2)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ރެސްޓޯރަންޓެއް/ކެފޭއެއް ނުވަތަ ސައިހޮޓަލެއް އިމާރާތްކޮށް، އަދި އެ ރެސްޓޯރަންޓް/ކެފޭ ނުވަތަ ސައިހޮޓާ ޢިމާރާތްކުރުމަށްފަހު އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮއިކުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބިޑް ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި ރެސްޓޯރަންޓެއް/ ކެފޭއެއް ނުވަތަ ސައިހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ރެސްޓޯރަންޓް/ކެފޭ ނުވަތަ ސައިހޮޓާ އިމާރާތްކުރުމަށްފަހު އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް އެދިއެވެ.

(3)

ބިން ކުއްޔަށް ދޭނީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ރެސްޓޯރަންޓެއް/ކެފޭއެއް ނުވަތަ ސައިހޮޓަލެއް އިމާރާތްކުރުމަށް ދެވޭ 06 (ހައެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރެވިގެންވާނެއެވެ.

(4)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ރެސްޓޯރަންޓެއް/ކެފޭއެއް ނުވަތަ ސައިހޮޓަލެއް އިމާރާތްކޮށް، އަދި އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާޢިމާރާތްކުރުމަށްފަހު އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 14މެއި 2015 އިން ފެށިގެން 28 މެއި 2015 ދުވަހުގެ މެންދުރުފަހު 14:30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:30 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، އަމީރުއަމީނު މަގު، ކ. ތުލުސްދޫ (ޕޯސްޓްކޯޑު 08040)، ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6644234

ފެކްސް ނަންބަރު:6640032

އީމެއިލް އެޑްރެސް:[email protected]

(5)

ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް  އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

(6)

އެ ބިމުގައި އަމިއްލަ ޚަރަދުގައި ރެސްޓޯރަންޓެއް/ކެފޭއެއް ނުވަތަ ސައިހޮޓަލެއް އިމާރާތްކޮށް، އަދި އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާ ޢިމާރާތްކުރުމަށްފަހު އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ޙިއްސާވާ ޕާޓްނަރޝިޕަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ކުންފުނިތަކަށެވެ. އަދި ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ. (ފަސް ސަތޭކަ ރުފިޔާ) އަށެވެ.

(7)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

(ހ)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

(ށ)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

(ނ)

ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/500ރ. (ފައްސަތޭކަ ރުފިޔާ) ހުށަހަޅަންވާނެއެވެ.

(8)

ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

(9)

ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ.

(10)

ބިޑް ހުށަހަޅާކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، ބިމުގައި އަމިއްލަ ޚަރަދުގައި ރެސްޓޯރަންޓެއް/ ކެފޭއެއް ނުވަތަ ސައިހޮޓަލެއްޢިމާރާތްކޮށް، އަދި އެ ރެސްޓޯރަންޓް/ކެފޭ ނުވަތަ ސައިހޮޓަލެއް ޢިމާރާތްކުރުމަށްފަހު އެ ރެސްޓޯރަންޓް/ ކެފޭ ނުވަތަ ސައިހޮޓާ ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކިބިޑެއް، އަދި ރެސްޓޯރަންޓް/ ކެފޭ/ ސައިހޮޓާ ހަދަން ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ.

(11)

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 03 ޖޫން 2015 ދުވަހުގެ މެންދުރު 13:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ނުވަތަ މާލެއަތޮޅު ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ.

(12)

ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 14 ޖޫން 2015 ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ އާންމުކޮށް އަންގާ އެޑްރެހަކަށެވެ.

(13)

ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 14 ޖޫން 2015 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ އާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ.

(14)

ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ފޯމު ގަތް އެންމެހައި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން އާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ. 

19 މޭ 2015
ހޯދާ