މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިސް ނަގައިގެން އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމާ ގުޅޭ

ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސް ނަގައިގެން އަތްތެރި މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ.

އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.

ރަޖިސްޓްރޭޝަން ފޯމް: https://forms.office.com/r/kvG4x341XQ

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަލްފާޟިލާ ޢާއިޝަތު އީސާ (ފޯން: 7781539) އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03  މުޙައްރަމް   1446

09   ޖުލައި    2024  

09 ޖުލައި 2024
ހޯދާ