ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރކްސޮފް ދައުވަތު

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވާރކްޝޮޕް ދަޢުވަތު

 

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އާލާތްތައް ފިނިކުރުމަށްޓަކައި ބޭނުންކުރާ ގޭހެއްކަމަށްވާ ހައިޑްރޯފްލޯރޯކާރބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖޭގައި ބޭނުން ކުރާ މިންވަރު މަދުރުކުރުމަށް މިއަހަރު (2024) ވަނީ ފަށާފައެވެ. މި ގޭހަކީ ދުނިޔެ ހޫނުވާ މިންވަރު އިތުރުކުރާ މާއްދާއެކެވެ. ދިވެހި ރާއްޖެއިން ސޮއިކޮށްފައިވާ މުޢާހަދާއެއްކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔަރ " އަށް ގެނެވުނު 5 ވަނަ އިސްލާޙު، "ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" ގެ ދަށުން، ދިވެހިރާއްޖޭގައި މިމާއްދާ ބޭނުންކުރާ މިންވަރު 2045 ވަނަ އަހަރުގެ ނިޔަލަށް 80% ދަށްކުރުމަށްވަނީ ކަނޑައަޅާފައެވެ.

މިމާއްދާގެ ބަދަލުގައި މިހާރު ބޭނުންކުރާ ބައެއް މާއްދާތަކަކީ އަލިފާން ރޯވާ ގޭސްތަކަށް ވާތީއާއި، އެއަރ ކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރުމުގައި ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި، އެއަރކޮންޑިޝަން އަދި ރެފްރިޝަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ ވާރކްޝޮޕްތަކާއި ޓެކްނީޝަނުން ރަޖިސްޓަރ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިޔުމަށާއި، މިއަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށްޓަކައި، މިރަށުގައި މަސައްކަތް ކުރައްވާ ޓެކްނީޝަނުންނާއި ވާރކްޝޮޕްތަކުގެ ،މައުލޫމާތު 2024 ޖުލައި 10 ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލާއި ގުޅުއްވާ ( ފޯން: 6520041 ) ހިއްސާކުރެއްވުން އެދެމެވެ. އަދި މިއަހަރު ތެރޭގައި ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާނަމަ ބައިވެރިވެވޭނެ މަސް އަންގަވާލަ ދެއްވުން އެދެމެވެ. މި ސެޝަންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ދަތުރުގެ އަދި ހުރުމުގެ ޚަރަދު މި މިނިސްޓރީން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

09 ޖުލައި 2024
ހޯދާ