މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
2 ފޮޓޯކޮޕީމެޝިން ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް 2 ފޮޓޯކޮޕީމެޝިން ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ފޮޓޯކޮޕީމެޝިން ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ 14:15 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.   

21 މޭ 2015
ހޯދާ