ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓް ޑޯރ ޖިމް އަދި ކައުންސިލް ބެލުމުގެދަށުގައިވާ ކުޅިވަރުކުޅޭތަންތަން ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                   އައުޓް ޑޯރ ޖިމް އަދި ކައުންސިލް ބެލުމުގެދަށުގައިވާ ކުޅިވަރުކުޅޭތަންތަން 1 އަހަރުގެ މުއްދަތައް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.

                   އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 11 ޖުލައި 2024 ވާ (ބުރާސްފަތި) ދުވަހުގެ  10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ.

ލިންކް: https://tinyurl.com/SAOGYM

 

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

11 ޖުލައި 2024 (ބުރާސްފަތި)

10:00

އަންދާސީ ހިސާބު ހުށަހެޅުން

16 ޖުލައި 2024 (އަންގާރަ)

12:00

                

   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖުލައި 2024
ހޯދާ