މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ ދެ ފުރޮޅުގެ އުޅަނދު ރަޖިސްޓްރީ ކުރުމާގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތައްވަނީ ކަނޑައަޅާފައެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެގޮތުން ރާއްޖޭގެ ކޮންމެ ޒޯނަކަށް ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭގޮތަށް އަތޮޅުތަކުގެ ބައެއް ކައުންސިލްތަކަށް މި ވުޒާރާއިން ދީފައިވާ ހުއްދަ 08 ޖުލައި 2024 އިން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމުގައި ދަންނަވަމަވެ.

 

އަދި ދަންނަވަމެވެ. 08 ޖުލައި 2024 އިން ފެށިގެން ކައުންސިލްތަކުން ދެފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަމުން ގެންދާނީ އެކައުންސިލެއް ނިސްބަތްވާ ސިޓީއެއް ނުވަތަ އެ އަތޮޅެއް ނުވަތަ އެރަށެއް ހިމެނޭ ޒޯނަކަށްކަމުގައި ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

08 ޖުލައި 2024
ހޯދާ