ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އޮމަދޫ އިން ބަންޑާރަގޯތި ދޫކުރުމާ ގުޅޭ

ކޮޅުމަޑުލު އޮމަދޫއިން ދިރިއުޅުމަށްޓަކާ 2000 (ދެހާސް) އަކަފޫޓުގެ 44 (ސާޅީސް ހަތަރެއް) ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ، ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

                   

ފޯމް ދޫކުރުން:

09 ޖުލައި 2024 (އަންގާރަ) ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއިން. (ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ދައުލަތުގެ ގެޒެޓުންވެސް ލިބިވަޑައިގަންނަވާނެ)

ފޯމް ހުށަހެޅުން:

16 ޖުލައި 2024 (އަންގާރަ) ދުވަހުންފެށިގެން 15 އޮގަސްޓް 2024 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 12:00 އަށް ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް: [email protected] އަށް.

               

ބަންޑާރަ ގޯއްޗަށް އެދޭ  ފޯމާއި، "ތ. އޮމަދޫ އިން ދިރިއުޅުމަށްޓަކާ ބަންޑާރަގޯތި ދޫކުރުމުގެ ޢުޞޫލް" އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މި އިޢުލާނާއިއެކު އެވަނީއެވެ.

08 ޖުލައި 2024
ހޯދާ