މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

                       `

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް              

   މާލެ، ދިވެހިރާއްޖެ                                           

                      އިޢުލާން

 ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

މެޑިކަލް އޮފިސަރ

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

ރޭންކް:

އެމް.އެސް 4 (މެޑިކަލް ސަރވިސް 4)

މުސާރަ:

މަހަކު -/15,090 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  5,281.50 ރުފިޔާ

ފުޑް އެލަވަންސް:

މަހަކު -/1800 ރުފިޔާ

ލިވިން އެލަވަންސް:

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

މާފުށި ޖަލު، އައްސޭރި ޖަލު، އަދި ހުޅުމާލެ ޖަލު

މަޤާމުގެ ޤިންތި:

ދާއިމީ/ ކޮންޓްރެކްޓް

ފެންވަރު ނުވަތަ ޝަރުތު:                 

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
  2.  ދިވެހި ރައްޔިތެއް ނަމަ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
  3.  މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން.
  4.  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  5. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  6. ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ފަރުވާދެވޭ ބަލިމީހާގެ ބައްޔާބެހޭގޮތުގެ މަޢުލޫމާތު އަހާ އޮޅުންފިލުވުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީހާގެ ހާލަތު މުރާޖައާކޮށް، ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރިކޯޑްކޮށް ފައިލްކުރުން
  2. ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އަކަށޭނެ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު ފަރުވާތެރިކަމާއި އެކު އެ ފަރުވާ ބަލިމީހާއަށް ފޯރުކޮށްދިނުމާއި، ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން
  3. ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން

މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމް
  2. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (މ.އަޑު ބިލްޑިންގ) ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. ބިދޭސީ ނަމަ ފުރާނީ ބިދޭސީންނަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ތައްގަނޑުޖެހި ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  7. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  8. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  9. ޕޮލިސް ރިޕޯޓް (ދިރިއުޅޭ ޤައުމެއްގެ)
  10. ބިދޭސީއެއްނަމަ ފުރާފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމް
  11. ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.
  12. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުންގަޑި:

 

  1. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 17  ޖުލައި 2024 ވަނަ ބުދަ ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( އަޑު ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
  2. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާ އެކު  [email protected]އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
  3. ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  4. ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދު ނޫން ބަންދު ނޫން ކޮންމެ ދުވަހު 08:00 ން 16:00 އަށް ގުޅުއްވާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ރިސެޕްޝަނަށް ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުލާ ނަންބަރު ޖަހާފައެވެ. އަދި އިއުލާނާއި ގުޅިގެން ފޯމް )

 

08 ޖުލައި 2024
ހޯދާ