ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 - މެރިން މެކޭނިކް ކޯހުގައި ބައިވެރިވުމަށް އިތުރު ފުރުސަތު ހުޅުވާލުން

އިޢުލާން

 

ކޮމިޔުނިޓީ އަޕް ސްކިލިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުޞަތު ހުޅުވާލުން:

 

                  މިއިދާރާގެ ނަންބަރު A-381/IUL/2024/57  ގެ އިއުލާނާއި ގުޅިގެން ކޯހުގައި ބައިވެރިވުމަށް ބޭނުންވާ އަދަދަށް ބައިވެރިން ކުރިމަތިލާފައި ނުވާތީ، އަލުން  މިކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. މިއީ  މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން ދ.ކުޑަހުވަދޫގައި ހިލޭ ހިންގުމަށް ހަމަޖެހިފައިވާ، ނޭޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކް ކޯހެކެވެ.  މިކޯހުގެ މުއްދަތަކީ 4 މަސް ދުވަހެވެ. އަދި މިދެންނެވިކޯސް އަމާޒުކުރެވިފައިވަނީ، ރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމާއި ހުނަރުވެރި މަސައްކަތް ދަސްކުރުމަށް ޝައުޤުވެރިކަން ހުރި ޒުވާނުންނަށެވެ.

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖުލައި 14 ވަނަ ދުވަހުގެ 11:00 ގެ ކުރިން 7767438 އަށް މެސެޖް ކުރެއްވުން އެދެމެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ  20 ބައިވެރިން ކޯހުގައި ބައިވެރިވުމުން ކަމުގައި ދަންނަވަމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ޖުލައި 2024
ހޯދާ