ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

            މި އިދާރާގައި ހުރި ރުއްބުރި ތަކެއް 17 ޖުލައި 2024 ވާ ބުދަ ދުވަހު ހެނދުނު 00:09 ގައި ރައްކޮޅު އިމާރާތުގައި ނީލަން ކިއުން އޮންނާނެއެވެ. މި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. މިނީލަން ފެށޭއަގަކީ -/500 ރުފިޔާއެވެ. އަދި އިތުރުކުރެވޭ އަގަކީ މަދުވެގެން 10 ރުފިޔާއެވެ. މިނީލަމުން ރުއްބުރިތައް ނަންގަވާ ފަރާތްތަކުން 17 ޖުލައި 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ހަވީރު 18:00 ގެ ކުރިން ނީލަމުން ނެންގެވި ތަކެތި ގެންދަވަންވާނެއެވެ.

               ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

08 ޖުލައި 2024
ހޯދާ