ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހިއުމަންރިސޯސް އޮފިސަރ

މަގާމު:

ހިއުމަންރިސޯސް އޮފިސަރ، / JN-31

ބޭނުންވާ ޢަދަދު:

1  (އެކެއް)

މަގާމުގެ ބާވަތް:

 ދާއިމީ

މަގާމުގެ ރޭންކް:

DMA4-1  

ސެކްޝަން / ޔުނިޓް:

އެޑްމިން އެންޑް އެޗް.އާރު ޔުނިޓް

އޮފީސް:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

މަހަކު -/7495 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2998 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މަހަކު 3372/75 ރުފިޔާ

އިތުރު އިނާޔަތްތައް:

1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން  ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިދާރީގޮތުން މިއޮތޯރިޓީން ދޭންޖެހޭ އެއްބާރުލުން ދިނުން.
  2. މިއޮތޯރިޓީގެ އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލް އާއި އެއްގޮތަށް އިމަރޖެންސީ ފޯނު ޙަވާލުވާ ހަފްތާގައި ފޯނު ލޮގްކޮށް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން. 
  3. މިއޮތޯރިޓީގެ އެޗް. އާރު ޔުނިޓަށް ލިބޭ ސިޓީ، މެމޯ، އޮފީސް އީމެއިލް އަދި ޗިޓްފަދަ ލިޔުންތަކަށް ޖަވާބުދީ އެ ލިޔެކިއުންތައް ބެލެހެއްޓުން.
  4. މިއޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއި ގުޅިގެން އެޗް.އާރުން ތައްޔާރު ކުރަންޖެހޭ ރިޕޯރޓުތައް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ޕޭރޯލުގެ އެންމެހައި މަސައްކަތްތައް ކުރުން. 
  5. މުވައްޒަފުންގެ ޗުއްޓީ، ސަލާމް އެޗް.އާރު ސިސްޓަމް އިން އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮންމެ މަހެއްގެ ޙާޟިރީ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 
  6. މިއޮތޯރިޓީގެ ވަޒީފާ ދެއްވާ، ވަކިކުރައްވާ އަދި ބަދަލުކުރާ މުވައްޒަފުންގެ ޗިޓްތައް ތައްޔާރުކުރުމާއި، އެފަދަޗިޓްތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމުގެ މަސައްކަތް ކުރުން.
  7. މިއޮތޯރިޓީ މުވައްޒަފުންގެ ދާއިމީ އަދި ވަގުތީ ރަޖިސްޓްރީތައް ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން އަދި މުވައްޒަފުންގެ ޕަރސަނަލް ފައިލުތަކާއި ރެކޯޑްސްތައް ބެލެހެއްޓުން.
  8. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް މަސައްކަތާ ގުޅިގެން އެޗް.އާރު އިން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންގެ ގަވާއިދާއެއްގޮތަށް ކުރުން.
  9. މި އޮތޯރިޓީގެ އަހަރު ރިޕޯޓަށް ބޭނުންވާ އެޗް. އާރު. ޔުނިޓްގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ވަގުތަށް ފޯރުކޮށް ދިނުން.
  10. ކުރިއަށް އޮތް އަހަރަށް ލަފާކުރާ މުސާރައިގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެޗް. އާރުން ދޭންޖެހޭ އެހީތެރިކަން ދިނިން، އަދި  މިއޮތޯރިޓީގެ ރަސްމީ މަސައްކަތާއިގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. 

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ހިއުމަން ރިސޯސަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ                              (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 15 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  17 -24 ޖުލައި 2024 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

04 ޖުލައި 2024
ހޯދާ