ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސައުތު އޭޝިއަން ޓްރޭޑް ފެއަރ ގައި ގައްދޫ އ.ތ.މ ކޮމިޓީއިން ބޭއްވި ހުނަރު އެކްސްޕޯގެ ބައިވެރިންގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލުން.

ސައުތު އޭޝިއަން ޓްރޭޑް ފެއަރ ގައި ގައްދޫ އ.ތ.މ ކޮމިޓީއިން ބޭއްވި ހުނަރު އެކްސްޕޯގެ ބައިވެރިންގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލުން.

 

 

2 އޮގަސްޓް 2024 ގައި ސްރީލަންކާގައި އޮންނަ ސައުތު އޭޝިއަން ޓްރޭޑް ފެއަރގައި ގައްދޫ އ.ތ.މ ކޮމިޓީއިން ވަނީ ބައިވެރިވުމަށް ނިންމާފައެވެ. މި ޓްރޭޑް ފެއަރގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

މި ފެއަރގައި ބައިވެރިވެވޭނީ މި އަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި ބޭއްވި ހުނަރު އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށެވެ. އަދި ފެއަރގައި ބައިވެރި ކުރާ ތަކެތި އެފަރާތުން ހަދާ ނިމުމުން އޭގެ ފެންވަރު ބެލުމަށް ފަހުގައި ކޮމިޓީ އިން އެތަކެތި ގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ތަކެތި ރެޕްރެޒެންޓް ކުރާނީ އ.ތ.މ ކޮމިޓީގެ އެއްޗެއްގެ ގޮތުގައެވެ.

މިނޫންގޮތަކަށް ތަކެތި ބައިވެރި ކުރުވާފަރާތްތަކުން ހަދާ ތަކެތި ފެއަރއަށް ގެންދިޔުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ. މި ތަކެތި ވިއްކުމަށްފަހު އުފެއްދި ފަރާތަށް ފައިސާ ދެވޭނެއެވެ. މި ތަކެތި ރެޕްރެޒެންޓް ކުރާނީ އެ ތަކެތި ބައިވެރި ކުރުވާ ފަރާތުގެ ނަމުގައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ  (7955909) ނަންބަރަށް ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ.   

04   ޖުލައި    2024

04 ޖުލައި 2024
ހޯދާ