މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކާ ގުޅޭ

ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކާ ގުޅޭ

ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  • ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
  • ހޯލްސޭލް ޓްރޭޑް - އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި
  • ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
  • ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް
  • ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)
  • ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
  • އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް
  • ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
  • ލޭންޑްސްކޭޕިންގ މަސައްކަތް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
  • ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
  • ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
  • ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
  • ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް
  • ޤާނޫނީ ވަކީލުންގެ ހިދުމަތްތައް
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
  • ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން
  • ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
  • ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
  • ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
  • ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
  • ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
  • މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
  • މައިނިންގ އޮފް ސޭންޑް
  • ފޮރެސްޓްރީ 

 މި އިޢުލާންއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ([email protected]) އަށް އީމެއިލް ކުރެއްވުން ނުވަތަ 3333181 / 3333182 އަށް ގުޅުއްވުން އެދެމެވެ.

04 ޖުލައި 2024
ހޯދާ