ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.މާރަންދޫ މިސްކިތްތަކުގެ ކައުންސިލް އެސިސްޓެންޓަކު ހޯދުމަށް ކުރެވުނު އިއުލާނުގެ ނަތީޖާ ޝީޓް

މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ކައުންސިލް އެސިސްޓެންޓްގެ ވަޒީފާއަށް މީހަކު ހޯދުމަށްޓަކައި 30 މޭ 2024 ގައި މިއިދާރާއިން ކުރި، ނަންބަރ:(IUL)253-CAA/253/2024/29 ގެ އިޢުލާނުގައިވާ ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ A2 ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

               27 ޛުލްޙިއްޖާ 1445

               3 ޖުލައި 2024

03 ޖުލައި 2024
ހޯދާ