މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2024 ޖުލައި 03 އިން 12 އަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއިގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް 2024 ޖުލައި 03 އިން 12 އަށް ތިރީގައި މިދަންނަވާ ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެއެވެ.

1-  ހއ. އުލިގަމާއި ތުރާކުނާއި ދޭތެރޭ ކަނޑުގެ ސަރަހައްދު

2-  ހއ. ހޯރަފުށި

3-  ހއ. ބެރިންމަދޫ

4-  ހދ. ހަނިމާދޫ

5-  ހދ. ކުޅުދުއްފުށި ސިޓީ

6-  ޅ. ފެލިވަރު

7-  ޅ. މާފިލާފުށީ

8-  ރ. މާކުރަތު

9-  ބ. ގޮއިދޫ

10-  މާލޭ ހާބަރު

11-  ހުޅުލޭ ސީޕްލޭން ޓާމިނަލް

12-  ކ. ގިރިފުށި

 

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

03 ޖުލައި 2024
ހޯދާ