ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ހުސްކުރުމަށް އެންގުން

އިޢުލާން

ތިނަދޫ ސިޓީގެ ތާރައެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި މި މަސައްކަތް ކުރިފަރާތުން  އާރުޑީސީ ސައިޓްގެ އުތުރުފަރާތަށް ވާގޮތަށް ހިލައާއި ހިލަވެލި ބަހައްޓާފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން މިކައުންސިލުން އެސަރަހައްދުގައި ކުރަންޖެހޭ މަސައްކަތަށް ކުރުމުގައި ވަނީ ގިނަގުނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވެއެވެ.

މި ބިން ހުސްކުރުމަށް އެންގިފައިވީނަމަވެސް މި އަދާހަމަޔަށް އެ ބިމުގައިވާ ތަކެތި ނަގައި ބިން ހުސްކުރުމުގެ އެއްވެސް މަސައްކަތެއްކޮށްފައި ނުވާތީ 04 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި (04 ޖުލައި 2024 ން ފެށިގެން 03 އޮގަސްޓް 2024ގެ ނިޔަލަށް) އެތަކެތި އެބިމުގައި ބެހެއްޓި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ބިމަށް ދައްކަން ޖެހޭ ފައިސާ މި އިދާރާއަށް ދައްކައި ޚަލާސް ކުރުމަށްފަހު އެބިމުން އެތަކެތި ނަގައި ހުސްކުރުމަށް ވެރިފަރާތަށް އަންގަމެވެ. އަދި މި މުއްދަތުގައި އެތަކެތި ނުނަގައިފިނަމަ ކައުންސިލްގެ  ނަންބަރ 2014/R-199  ޤަވާޢިދާ އެއްގޮތަށް އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

04 ޖުލައި 2024
ހޯދާ