މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްއަށް ކަޅު ކުލައިގެ އިސްޓާކީނާއި ޖަންގަލް ގްރީން ކުލައިގެ އިސްޓާކީން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ވުޒާރާގެ ނަންބަރު (IUL)28-FA-1/1/2024/71 އިޢުލާނާއި ގައިވާ އަންދާސީހިސާބު ހުށަހަޅާ ތާރީޚް ބަދަލުކުރުން

މި ވުޒާރާގެ ނަންބަރު (IUL)28-FA-1/1/2024/71 އިޢުލާނާއި ގުޅޭ

އެމް.އެން.ޑީ.އެފްއަށް ކަޅު ކުލައިގެ އިސްޓާކީނާއި ޖަންގަލް ގްރީން ކުލައިގެ އިސްޓާކީން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މި ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ތާރީޚަކީ އަންދާސީހިސާބު ހުށަހަޅާއިރު އިސްޓާކީންގެ ސާމްޕަލްއާއެކު ހުށަހެޅުމަށް އެކަށީގެންވާ ވަރަށްވުރެ ކުރު މުއްދަތެއް ކަމަށްވާތީ އަންދާސީހިސާބު ހުށަހަޅަން ޖެހޭ ތާރީޚް ފަސްކޮށްފީމެވެ.

މިގޮތުން އެމް.އެން.ޑީ.އެފްއަށް ކަޅު ކުލައިގެ އިސްޓާކީނާއި ޖަންގަލް ގްރީން ކުލައިގެ އިސްޓާކީން ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ އައު ތާރީޚަކީ 24 ޖުލައި 2024 ވަނަ ދުވަހުގެ 11:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ.

މި މަސައްކަތާއި ގުޅޭ އައު މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މި ވުޒާރާގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މި ވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

 

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏27‏ ޛުލްޙިއްޖާ‏ 1445

‏3‏ ޖުލައި‏ 2024

 

 

 
03 ޖުލައި 2024
ހޯދާ