މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން އަދި ރެފްރިޝަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކާއި ގުޅޭ

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އާލާތްތައް ފިނިކުރުމައްޓަކައި ބޭނުންކުރާ ވިހަ ގޭހެއްކަމަށްވާ ހައިޑްރޯފްލޯރޯކާރބަންސް ދިވެހިރާއްޖޭގައި ބޭނުން ކުރާވަރު މިންވަރު މަދުކުރުމައް މިއަހަރު (2024) ވަނީހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގައި މިމާއްދާ ބޭނުންކުރާ މިންވަރު 2045 ވަނަ އަހަރުގެ ނިޔަލަށް 80% ދައްކުރުމައްވަނީ ހަމަޖެހިފައެވެ.

މިމާއްދާގެ ބަދަލުގައ މިހާރު ބޭނުންކުރާ ބައެއް މާއްދާތަކަކީ އަލިފާން ރޯވާ ގޭސްތަކަށް ވާތީއާއި، އެއަރ ކޮންޑިޝަނިން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރުމުގައި ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި، އެއަރކޮންޑިޝަން އަދި ރެފްރިޝަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ ވާރކްޝޮޕްތަކާއި ޓެކްނީޝަނުން ރަޖިސްޓަރ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެޝަންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ދަތުރުގެ އަދި ހުރުމުގެ ޚަރަދު މި މިނިސްޓރީން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ. ވީމާ މި ސެޝަންތަކުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތައް ރަޖިސްޓްރީވުމަށް އެދި ހުށައަޅާފޯމްގެ ލިންކް ތިރީގައި އެވަނީއެވެ. ވީމާ، މި ތަމްރީން ޕްރޮގްރާމްތަކުގައި ރަޖިސްޓްރީވުމަށް ބޭނުންވެލައްވާ ފަރާތްތަކަށް 10 ޖުލައި 2024 ވާ ބުދަ ދުވަހުގެ 11:00 ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވާރކްޝޮޕް މައުލޫމާތު ލިންކް: https://forms.office.com/r/KqAHYgMaFL

ޓެކްނީޝަނުންގެ މައުލޫމާތު ލިންކް: https://forms.office.com/r/kAMfQkJ3wG

03 ޖުލައި 2024
ހޯދާ